
161،000އަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ މަހު ރާއްޖެއަށް!

ރިޟްވާން މޫސާ - 01 އޭޕްރީލު 2026 - 08:50
މާރިޗު މަހު ރާއްޖެއަށް 161،259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 643،218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %1 އިތުރު އަދަދެކެވެ.
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުން އަންނަ އިރު ދިވެހި ރާއްޖެއަށް މިކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ފަތުރުވެރިކަމަށެވެ.
ހަނގުރާމަ އާއި ގުޅިގެން މެދުއިރުމަތީގެ ވަރަށް ގިނަ ފްލައިޓް ތައް ކެންސަލްކޮށްފައިވާއިރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ވެސް މެދުއިރުމަތިންކަން ފާހަގަ ކޮށްލެވެ އެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 227،403 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެ އެވެ. އަދި ފެބުްރއަރީ މަހުގައި 254،556 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އޭޕްރީލް މަހުގައި ވަނީ 161،259 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
ފަތުރުވެރިންގެ މާލެޓުގައި އެންމެ ގިނައިން ރާއްޖެ އަންނަ ކަމަށް ރެކޯޑް ކުރެވިފައި ވަނީ ޗައިނާ ގެ ފަތުރުވެރިންނެވެ. މީގެ އިތުރުން ރަޝިޔާ، އިނގިރޭސި ވިލާތް، އިޓަލީ ވިލާތް، އަދި ޖަރުމަނު ވިލާތުންވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ނިސްބަތުން އިތުރު ވެ އެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %68.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި %26.1 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 636،916 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި ކަނޑުމަގުން 6302 ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ގުޅުން ހުރި ޙަބަރުތައް

އެއްވެސް ރައްޔިތަކަށް ވަކި ގޮތަކަށް ވޯޓުލާކަން ނާންގަން: އިލެކްޝަން
2 ގަޑިއިރު ކުރިން

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް ހެދި ގާނޫނު ބަލައެއް ނުގަނެވޭނެ: އީޔޫ
2 ގަޑިއިރު ކުރިން
ތެޔޮ ހިފައިގެން ހުރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިޔަ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
2 ގަޑިއިރު ކުރިން

އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށައިފިން: ބީއެމްއެލް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)