
އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށައިފިން: ބީއެމްއެލް

ރިޟްވާން މޫސާ - 01 އޭޕްރީލު 2026 - 05:30
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން ކުރިއަށްގެންދާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތުގައި ބެންކުގެ ފަރާތުން ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރައްވާނެ ކަމުގަ އެވެ.
ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހުރިހާ އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި ގާއިމްކުރާ 3800 ހައުސިންގ ޔުނިޓަށް ގާތްގަނޑަކަށް 5.7 ބިލިޔަން ރުފިޔާ އިންވެސްޓްކުރެވޭނެ ކަމަށެވެ. އަދި އަންދާޒާއަކީ މި އިންވެސްޓްމަންޓާއެކު، އިމާރާތްކުރުމުގެ ދާއިރާއިން ނޮމިނަލް ޖީޑީޕީ އަށް %3 ކުރިއެރުމެއް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލުން ކަމަށާއި، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން. މަސައްކަތް މެދު ނުކެނޑި ކުރިއަށޤދާނެ ކަމަށެވެ.
އެހެންކަމުން މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމްލަ 3800 ޔުނިޓް ތަރައްގީކުރެވިގެންދިއުމުގައި. އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައްވެސް ފެށިގެން ދިއުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ސޯލާ ފެރީގެ ދަތުރުތައް ފަށަން ތައްޔާރުވަނީ
3 ގަޑިއިރު ކުރިން

"ފެންނަ ނުފެންނަ ވޯޓު" ހުއްޓުވާނެ ގާނޫނީ ހަމައެއް ނެތް: ސްޕްރީމް ކޯޓް
17 ގަޑިއިރު ކުރިން

މިދިޔަ އަހަރު ބީއެމްއެލްއިން ދުވާލަކަށް 1.84 މިލިޔަން ޑޮލަރު ދޫކުރި
ދުވަހެއް ކުރިން

"ރައީސްގެ ސްކޮލާޝިޕް" ބޭނުން ދާއިރާ އަކުން ކިޔެވޭނެ ގޮތް ހަދައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)