ސޯލާ ފެރީގެ ދަތުރުތައް ފަށަން ތައްޔާރުވަނީ

ރިޟްވާން މޫސާ - 01 އޭޕްރީލު 2026 - 05:30
ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނސްޓަރ ތޯރިގް ވިދާޅުވީ ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނައިރު މި ޚިދުމަތް ހަރުދަނާގޮތެއްގައި ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވާކަމަށެވެ
ވަޒީރު ވިދާޅުވީ ރާއްޖޭގައި ދުއްވާ ފެރީތައް ވެސް ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ގެންގުޅުމަށް ބަލަންޖެހޭ ކަމަށާއި، މިހާރު ބޭނުން ކުރަމުންދާ ފެރީ ތަކަކީ ޒަމާނީ ފެންވަރަށް އުފައްދާފައިވާ ފެރީތަކެއް ކަމުން ތެލުގެ ޙަރަދު ވަރަށް ބޮޑުވެގެން ދާކަމަށެވެ.
އެހެންކަމުން އަދުގެ ހާލަތަށް ބަލާއިރުވެސް މި ފެރީ ސިސްޓަމްއަކީ ހަރުދަނާ އަދި ތެޔޮ ވީހާވެސް މަދުން ބޭނުންކުރާ ބާރު ދުވެލިީގައި ދުއްވާ އެއްޗެއްސަށް ހެދުމަށް މަސައްކަތް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެކަމަށާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެ ފެރީ އަޖުމަ ބެލުމުގެ ގޮތުން ދުއްވަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ކުރިއަށް އޮތްތަނުގައި ސޯލާ ފެރީ ސިސްޓަމެއް ޤާއިމްކޮށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށާއި ޚާއްސަކޮށް ކައިރި ރަށްރަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ ގޮތަށް އެނިޒާމް ބައްޓަންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށައިފިން: ބީއެމްއެލް
3 ގަޑިއިރު ކުރިން

"ފެންނަ ނުފެންނަ ވޯޓު" ހުއްޓުވާނެ ގާނޫނީ ހަމައެއް ނެތް: ސްޕްރީމް ކޯޓް
17 ގަޑިއިރު ކުރިން

"ރައީސްގެ ސްކޮލާޝިޕް" ބޭނުން ދާއިރާ އަކުން ކިޔެވޭނެ ގޮތް ހަދައިފި
ދުވަހެއް ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިއްކައިފިން: ރައީސް
2 ދުވަސް ކުރިން


.gif&w=3840&q=75)