
ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިއްކައިފިން: ރައީސް

ރިޟްވާން މޫސާ - 30 މާރިޗު 2026 - 08:22
ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ހިއްކާ ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ބޯހިޔާވަހި ކަމަށް މި ސަރުކާރުން ފަށާފައިވާ ބިޔަ ޕްރޮޖެކްޓަުގެ ތެރެއިން ރަސްމާލެ ހިއްކައި ރަސްމާލެއިން ގޯއްޗާއި ފުލެޓް ދޫކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ސަރަހައްދުން ބޯހިޔާވަހިކަމުގެ ގޯތިތަކާއި ފުލެޓްތައް ހެދުމަށް ބިން ހިއްކުމުގެ މަޝްރޫގެ ގާތްގަނދަކަށް 500 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މި މަޝްރޫއަށް ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ކޮލެޓީ އަދި އެންމެ ބޮޑެތި ޑްރެޖަރުތައް ކަމަށެވެ. އެގޮތުން އެއްފަހަރާ ތިން ޑްރެޖަރު ބޭނުން ކޮށްގެން އެސަރަހައްދުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޕީއެލްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި
4 ގަޑިއިރު ކުރިން

ގޯތި ލިބިފައިވާ ފަރާތްތަކަށް ފުލެޓަށް ލެވޭގޮތަށް ހުޅުވާލަނީ
5 ގަޑިއިރު ކުރިން
ހުޅުމާލެ ފޭސް 1 ގައި ބީއެމްއެލްގެ އިތުރު 182 ފްލެޓްގެ މަސައްކަތް ފަށައިފި
7 ގަޑިއިރު ކުރިން

ބީއެމްއެލް އިން ފަތުރުވެރިކަމުެ ދާއިރާއަށް އެހީތެރިވަނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)