
ގޯތި ލިބިފައިވާ ފަރާތްތަކަށް ފުލެޓަށް ލެވޭގޮތަށް ހުޅުވާލަނީ

ރިޟްވާން މޫސާ - 30 މާރިޗު 2026 - 06:57
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނާއި، އަދި އެހެނިހެން ސްކީމްތަކުން ގޯތި ލިބުނު މީހުންނަށް، އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެދަށުން ފްލެޓަށް ކުރިމަތިލެވޭގޮތަށް ހުޅުވާލަން ނިންމާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ
ގޯތި ލިބިފައިވާ ފަރާތްތަކަށް ފުލެޓް ދެނީ ލިބިފައިވާ ގޯތި ދޫކޮށްލުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ތަފްސީލުދެއްވަމުން ވިދާޅުވީ ލިބިފައިވާ ގޯތި އިމާރާތް ކުރުމާއި، އެހެނިހެން ޙަރަދުތަކަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް ފުލެޓު ލިބުމުން ކޮންމެ މީހަކަށްވެސް ވަގުތުން ދިރިއުޅުމުގެ އިންތިޒާމުތަކާއެ އެތަނަކަށް ބަދަލުވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިހާތަނަށްވެސް އެކި ބަދަލުތައް ގެންނަން ނިންމާފަވަނީ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ އެކި ބައްދަލުވުންތަކުގައި އެގޮތަށް އެދެމުންދާތީކަމަށެވެ.
ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅުންވެސް ބިން ލިބުނު މީހުންގެ ތެރޭގައި ނިކަމެތި އާއިލާތަށްވެސް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ ސަރަޙައްދުން ފްލެޓް ހޯދުމުގެ މި ފުރުޞަތަކީ، ގެ އެޅުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއްކަމަށެވެ
ރައީސް ވިދާޅުވީ މީގެ ކުރީ ކޮންމެ ސަރުކާރެއްގެ ކޮންމެ ސްކީމަކުން ގޯތި ލިބުނު މީހުންނަށްވެސް، އެ ގޯތި ދޫކޮށްލާ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިއްކައިފިން: ރައީސް
4 ގަޑިއިރު ކުރިން

އެމްޕީއެލްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި
4 ގަޑިއިރު ކުރިން
ހުޅުމާލެ ފޭސް 1 ގައި ބީއެމްއެލްގެ އިތުރު 182 ފްލެޓްގެ މަސައްކަތް ފަށައިފި
7 ގަޑިއިރު ކުރިން

ބީއެމްއެލް އިން ފަތުރުވެރިކަމުެ ދާއިރާއަށް އެހީތެރިވަނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)