
ގެވެށި އަނިޔާ ފަދަ އަމަލުތައް ދައްކުވައިދޭ ފޮޓޯއެއް
އެމްޕީއެލްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި

ރިޟްވާން މޫސާ - 30 މާރިޗު 2026 - 07:28
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފި، އެ އިދާރާގެ ފިރިހެން އިސް މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މި އީ 2026 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ.
މި މައްސަލަ އާއި ގުޅިގެން އެއްވެސް ނޯޓިސް އެއް މުއްދަތެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކޮށްފައި ވަނީ އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖަރެއްގެ މަގާމުގައި ހުރި ފިރިހެނެކެވެ.
އޭނާ އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދާ އަންހެން މުއައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގައި އަންހެން ކުއްޖާގެ ޖިންސީ ގުނަވަނެއްގައި އަތްލި މައްސަލަ ހިމެނެ އެވެ.
ވަޒީފާ އާ ބެހޭ ޓްރައިބިއުނަލަށް ހުށައެޅި މި މައްސަލައިގައި އެ ވަގުތު އެމްޕީއެލްގެ އޮފީހުގައި ކަން ހިނގާފައިވާ ގޮތުގެ ސީސީޓީވީ ފްޓޭޖް އާއި އެ އޮފީހުގެ ބައެއް މުއައްޒަފުންގެ ބަސްވެސް ވަނީ ހިމަނާފަ އެވެ.
ޖިންސީ ގޯނާ ކުރުމާއި، ޖިއްސީ ފުރައްސާރަ ކުރުމަކީ ވަޒީފާ އަދާކުރުމުގެ މާހައުލުގައި ވަރަށް ބޮޑު ބޭއަދަބީ ކަމަކަށް ވާއިރު މިފަދަ އަމަލުތަކުގެ ސަބަބުން ވަޒީފާ އާބެހޭ ގާނުނުގައި ބަޔާންކުރާ ފަދައިން އެއްވެސް ނޯޓިސް އެއް ނުވަތަ އެންގުމެއް ނުދީ ވަގުތުން އެ މީހަކު ވަޒީފާއިން ވަކިކުރެވިދާނެ އެވެ.
ވަޒީފާއާއި ބެހޭ ގާނޫނަށް މިފަދަ އިސްލާހެއް ގެނެްސްފައި ވަނީވެސް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ފަދަ މައްސަލަތަކުން އެހެން މުއައްޒަފުންނާއި، އެ ވަޒީފާ އަދާކުރާ އޮފީހާއި، އެތަނެއްގެ އަގު ހިފެއްޓުމުގެ ގޮތުން ގެނެސްފައިވާ އިސްލާހެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިއްކައިފިން: ރައީސް
4 ގަޑިއިރު ކުރިން

ގޯތި ލިބިފައިވާ ފަރާތްތަކަށް ފުލެޓަށް ލެވޭގޮތަށް ހުޅުވާލަނީ
5 ގަޑިއިރު ކުރިން
ހުޅުމާލެ ފޭސް 1 ގައި ބީއެމްއެލްގެ އިތުރު 182 ފްލެޓްގެ މަސައްކަތް ފަށައިފި
7 ގަޑިއިރު ކުރިން

ބީއެމްއެލް އިން ފަތުރުވެރިކަމުެ ދާއިރާއަށް އެހީތެރިވަނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)