
"ރައީސްގެ ސްކޮލާޝިޕް" ބޭނުން ދާއިރާ އަކުން ކިޔެވޭނެ ގޮތް ހަދައިފި

ރިޟްވާން މޫސާ - 31 މާރިޗު 2026 - 04:14
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވައިފިއެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލަށެވެ.
ސްކޮލަރޝިޕްގެ އުސޫލު ކުރިން އޮންނަ ގޮތުން ސްކޮލަޝިޕް ލިބޭ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެނީ މަތީ ތަޢުލީމާއި ވުޒާރާއިން ކަނޑައަޅާ ދާއިރާތަކަކުންނެވެ.
ނަމަވެސް ސަރުކާރުން މިހާރު ވަނީ އެކަމާއި ގުޅޭ އުސޫލުތަކަށް ބަދަލުތައް ގެންނަވައި، އެ އުސޫލު ގެޒެޓް ކުރައްވާފައެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް، މިހާރު ދެމުންދާ ސްޓައިޕެންޑުގެ އިތުރަށް މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މިކަން ހާމަކުރައްވާފައިވަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން "ހައި އެޗީވަރސް ސްކޮލަރޝިޕް" އަދި "ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް" ދިނުމުގެ އުސޫލަށް ގެނައި އިޞްލާޙުތަކާ ގުޅޭގޮތުންނެވެ.
މި ބަދަލާ ގުޅޭގޮތުން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިތުރު އެލަވަންސެއް ދޭން ނިންމީ މަތީ ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިއްކައިފިން: ރައީސް
ދުވަހެއް ކުރިން

އެމްޕީއެލްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި
ދުވަހެއް ކުރިން

ގޯތި ލިބިފައިވާ ފަރާތްތަކަށް ފުލެޓަށް ލެވޭގޮތަށް ހުޅުވާލަނީ
ދުވަހެއް ކުރިން
ހުޅުމާލެ ފޭސް 1 ގައި ބީއެމްއެލްގެ އިތުރު 182 ފްލެޓްގެ މަސައްކަތް ފަށައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)