logo

"ފެންނަ ނުފެންނަ ވޯޓު" ހުއްޓުވާނެ ގާނޫނީ ހަމައެއް ނެތް: ސްޕްރީމް ކޯޓް

profile

ރިޟްވާން މޫސާ - 31 މާރިޗު 2026 - 14:40

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމައިފި އެވެ

https://wamco.com.mv/

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހަބުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް ގާނޫނީ ވަކީލް އައިކް އަޙްމަދު އީސާއާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމުގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި އެހުމަށް ކަނޑައެޅި ސުވާލަކީ ޤާނޫނު އަސާސީއާ ޚިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.

ފެންނަ ނުފެންނަ މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުން ޙުކުމް އިއްވާފައިވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ހުއްޓުވުމަށް ޤާނޫނީ ގޮތުން އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ޙުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާއިރު ސުވާލު ބައްޓަން ކުރާނެ އިޖުރާއަތެއް އަދި އުސޫލެއް ޤާނޫނު އަސާސީގައި ނެތް ކަމަށެވެ.

އަދި ސުވާލުގައި އިތުރު މައުލޫމާތު ހިމެނުންވެސް މަނާ ނުކުރާ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ. ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަލީ ރަޝީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk