ތެޔޮ ހިފައިގެން ހުރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިޔަ ދުބާއީގެ ތެޔޮ ޓޭންކަރު
ތެޔޮ ހިފައިގެން ހުރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިޔަ ޓޭންކަރަކަށް އީރާނުން ހަމަލާދީފި

ރިޟްވާން މޫސާ - 01 އޭޕްރީލު 2026 - 08:45
ތެޔޮ ބަރުކޮށްގެން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ދިޔަ ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި އެވެ
އީރާނުގެ ޑްރޯން ޙަމަލާތައް އަމާޒުކޮށްފައިވަނީ، ކުވެއިތަށް ނިސްބަތްވާ އަލް ސަލްމީ ނަމަކަށް ކިޔާ އުޅަނދަކަށެވެ.
ދުބާއީގެ ކަމާގުޅޭ އިދާރާއިން ބުނީ، ޓޭންކަރުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށާއި، އަދި އެ ޙާދިސާގައި ތެޔޮ ލީކުވުން ފަދަ ކަމެއް މެދުވެރިނުވާކަމަށެވެ.
މި ހާދިސާގައި އެއްެވެސް ފަޅުވެރިޔަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އީރާނުން ޙަމަލާދިން އުޅަނދު ދަތުރުކުރަމުން ދިޔައީ އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް، ޗައިނާއަށް ދިޔުމަށެވެ. އެ ޓޭންކަރުގައި ސަޢުދީ އަރަބިއްޔާގެ 1.2 މިލިއަން ފީފާ ތެލުގެ އިތުރުން، ކުވެއިތުގެ 800،000 ފީފާ ތެޔޮ ހުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ހުރްމުޒް ހުރަސްކުރަން މަސައްކަތް ކުރާ ޔަހޫދީންނާއި އެމެރިކާ އާ ގުޅުންހުރި އެ އުޅަނދުތަކަށް އީރާނުން ދަނީ ޙަމަލާދެމުންނެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ތެލާއި ގޭހުގެ ސަޕްލައި ތާށިވެ، ދުނިޔޭގެ ބާޒާރުގައި އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ
އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވަނީ އެމެރިކާ އަށާއި ޔަހޫދީ އިޒްރެއިލުންނަށް ތެލާއި އެހެންނިހެން ވެސް މުދާ ގެންދިއުމަށް ހުރަސްއެޅުމުގެ ގޮތުންނެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކަށް އީރާނުް ވަނީ އެ ފުރުސަތު ދީފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އެއްވެސް ރައްޔިތަކަށް ވަކި ގޮތަކަށް ވޯޓުލާކަން ނާންގަން: އިލެކްޝަން
2 ގަޑިއިރު ކުރިން

161،000އަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ މަހު ރާއްޖެއަށް!
2 ގަޑިއިރު ކުރިން

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް ހެދި ގާނޫނު ބަލައެއް ނުގަނެވޭނެ: އީޔޫ
2 ގަޑިއިރު ކުރިން

އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށައިފިން: ބީއެމްއެލް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)