
އިއްޔެ ބޭއްވުނު އިންތިހާބުން ދާންވީ މަގު ސާފުކޮށްދީފި: މިނިސްޓަރ ޝިޔާމް

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 16:05
އިއްޔެ ބޭއްވުނު ދާންވީ މަގު ސާފުކޮށްދީފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގްސަދަކީ އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބީ ހޯދުންކަން ފާހަގަކުރައްވަމުން، އިންތިހާބެއްގެ ނަތީޖާއަށް އަސަރުކުރާ ގިނަ ކަންތައްތަކެއް ހުންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިންތިހާބުތަކުން ލިބޭ ނަތީޖާއަކީ ކަންކަމާ މެދު ފުންކޮށް ވިސްނައި، އިސްލާހު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ލިބޭ އަގުހުރި ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެއިތުރުން، އިންތިޚާބުގެ ނަތީޖާއަށްފަހު އެމަނިކުފާނު ދައްކަވައިދެއްވީ ދިމިގްރާތީ ރިވެތި އުސޫލުތަކުގެ ނަމޫނާއެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
މި ސަރުކާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކާއެކު، އޯގާތެރި ވެރިކަމެއް ކޮށްދިނުމުގައި ކަމުގެ ޔަގީންކަންވެސް ޝިޔާމް ރައްޔިތުންނަށް ވަނީ އަރުވާފައެވެ.
ޝިޔާމްގެ ޕޯސްޓްގައި އިއްޔެ ބޭއްވުނު އިންތިހާބުތަކުން ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް ވަނީ މަރުހަބާ ދަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކެންދޫއިން އެމްޑީޕީއަށް ބޮޑުތަނުން "ނޫނެކޭ!"
44 މިނިޓު ކުރިން

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް ފުޅިމަދުކާން ފަށައިފި
ގަޑިއިރެއް ކުރިން

އެމްޑީޕީ އަށް އައްޑޫ އިން ލިބުނު ކާމިޔާބީ ފާހަގަކޮށްފި
ގަޑިއިރެއް ކުރިން

ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މޫސާ ރަމީޒް އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)