logo

އެސްއެމްއީތަކަށް ބޭނުންވާ ދާއިރާތަކަށް ލޯނު ތަޢާރަފްކޮށްފި

profile

ރިޟްވާން މޫސާ - 14 ފެބްރުއަރީ 2026 - 05:19

ބޭންކް އޮފް މޯލްޑިވްސްއިން އެސްޑީއެފްސީ ގަނެ ކުންފުނި ރީބްރޭންޑް ކުރުމަށްފަހު، ހަތަރު މަސް ދުވަހުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހުރިހައި ދާއިރާއަކުން ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ޕްރޮޑަކްޓްތައް ތަޢާރަފުކޮށްފިއެވެ.

https://wamco.com.mv/

އިގްތިސާދު މައިގަނޑު ގޮތެއްގައި ބެހިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ނަމަވެސް، މިފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އެކަށީގެންވާ ވަގުތެއްގައި އަދި ލުއި ގޮތެއްގައި ނުލިބުމެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވަނީ، ޝަރީއާ ހަމަތަކަށް ފެތޭ ފުރިހަމަ ފައިނޭންސިންގ ނިޒާމެއް ބިނާކޮށްފައެވެ. މިއީ، ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފުޅާކުރުމާ ހަމައަށް، ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް އެހީތެރިވެދީ، އުންމީދީ އެއްވެސް ވިޔަފާރި ޚިޔާލެއް ބާކީނުވާނެކަން ކަށަވަރުކޮށްދޭ ނިޒާމެކެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް ތަނެވެ. މީގެ ތެރޭގައި ފަތުރުވެރިކަން، ވިޔަފާރި، ޚިދުމަތް، އުފެއްދުންތެރި ސިނާއަތްތައް އަދި ގޭގައި ކުރާ މަސައްކަތްތައް ހިމެނޭހެން، އެކި ދާއިރާތަކުގެ ވިޔަފާރިވެރިންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ޚާއްޞަ ޙައްލުތައް ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk