logo
ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ވަޢުދުތައް ފުއްދުމަށް މިހާރު އޮތް މަޖިލީހުން ހުރަސް އަޅާ - ރައީސް

profile

އަހުމަދު ޒަލީފު - 03 މާރިޗު 2024 - 06:24

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަން ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިރަށަކީ ބިން ހުސްވެ، ފުރިފައިވާ ރަށެއް ކަމަަށާއި، މިރަށުގެ ބިން ބޮޑުކުރަން ފަޅުގައި މާބޮޑު ޖާގައެއް ނެތް ކަމަށެވެ. އަދި މިރަށުގައި ގާތްގަނޑަކަށް 8-10 ހިކްޓަރު މިރަށުގައި ހިއްކެން އޮތްއިރު، ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް މި އަހަރު ތެރޭގައި ހިއްކަ ދޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މިހާރުގެ މަޖިލީސް އެއިރުގެ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި މިހާރުގެ ސަރުކާރުން ބަޖެޓަށް ހުށަހެޅި ކަންކަން ހިމަނާފައެއް ނުވެއެވެ.

"އެހެން ނަމަވެސް އެބޭފުޅުން ބޭނުންވާ ކަންކަން އުނިކޮށް، ބަދަލުތައް ގެނެސް، ހިނގަމުންދިޔަ މަޝްރޫއުތައްވެސް އަޅުގަނޑު ވައުދުވެފައި ވާނެ ނިންމަ ދޭނެ ކަމަށް ހުރިހާ ރަށެއްގައިވެސް، ހިނގަމުންދާ މަޝްރޫއުތައް، ފެށިފައި ހުރި މަޝްރޫއުތަައް، ފެށިފައި ހުރި މަޝްރޫއުތައް ނިންމުމާއި ގާތަށްވެސް ފައިސާ ހަމަޖައްސާދީފައެއް،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިފަދަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ވަރަށް ބަޖެޓްގައި ފައިސާ ޖަހާދީފައި ނުވާ ކަމަަށެވެ.

"މި ދަންނަވަން އުޅޭ ވާހަކައަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންނެއް ބޭނުމެއް ނުވެޔޭ، އަޅުގަނޑު ވީ ވައުދުތައް ފުއްދަން ޖާގަ ދޭކަށެއް، އެހެންވީމަ އެބޭފުޅުންނަށް ދަތި ކުރެވެން އޮތް ގޮތަކަށް ވިއްޔާ ކޮށްގެން މަޖިލީހުން ބަޖެޓް ފާސްކޮށްދިނީ،".

undefined

ރައީސް ޑރ، މުއިއްޒު މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރަައީސް ވިދާޅުވީ، މިއީ ހަގީގަތް ނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން މަސައްކަތް ފަށާ، 14 ހަފްތާ ނިމިގެން ދިޔައިރު، ހުރިހާ އުނދަގޫތަކުން އަރައިގަނެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށްޓަކައި ކަންތައްތައް ފަހި ކުރި ކަމަށެވެ. އެގޮތުން 120 ބިލިއަން ރުފިޔާ ބޭރުގެ ދަރަނި ހައްލުކުރުމާއި، އެ ފައިސާ ދެއްކުމާއި، ރައްޔިތުންނަށް ސަރުކާރުގެ ކުންފުނިތަކުން ދަރާފައި ހުރި 9 މިލިއަން ރުފިޔާގެ ބިލްތައް ދައްކަމުން، އާމްދަނީ އިތުރު ކުރަމުން، ރައްޔިތުންނަށްޓަކައި ކޮށްދޭންވީ ކަންކަމަށް މަގުފަހި ކުރަމުން ގެންދަވާ ކަމަަށް ރަައީސް ވިދާޅުވިއެވެ.

"އެހެންވީމަ މި ހަގީގަތް އެބަ ޖެހޭ ގަބޫލު ކުރަން، ކުރިއަށް މި އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އެހެންވީމަ މި ނިމިގެން މިދިޔަ 100 ވަރަަކަށް ދުވަހުގެ ތަޖުރިބާ ދިވެހި ރައްޔިތުންނަށް މި ކުރިމަތި ކުރުވި، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން ކުރި ކަންތައްތަކަށް އަޅުގަނޑުމެން ޖެހޭނެ އަލި އަޅުވާލަން، އެކަން ހަނދުމަފުޅު ބެހެއްޓެވުމަށް އެދޭ ވާހަކަ ދަންނަވަން،".

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk