logo

ކޮވިޑްގައި ލިބުނު 4.5 ބިލިއަން ރުފިޔާއަށް ވީގޮތް އެނގޭކަށް ނެތް: މިނިސްޓަރު ސައީދު

profile

ޝާމާ ޝުޢައިބު - 14 ނޮވެމްބަރު 2024 - 12:30

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިދިޔަ ސަރުކާރުގައި ކޮވިޑް-19އާ ގުޅިގެން އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައިން ދިން 8 ބިލިއަން ރުފިޔާގެތެރެއިން 4 ބިލިއަން ރުފިޔާއަށް ވީގޮތް އެނގެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"ހަފްތާ52" ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ކޮވިޑް-19އާ ގުޅިގެން ބައިނަލްއަގްވާމީ ބޭންކުތަކާ އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނުކަން ރިޕޯޓުތަކުން އެނގޭ ކަމަށެވެ. އަދި އެ ރިޕޯޓުތަކުގައިވާ ގޮތުން ކޮވިޑާ ގުޅިގެން ކުރަންޖެހޭ ޚަރަދުތަކަށް 4.2 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަން ވެސް އެނގެން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެހެން ނަމަވެސް ބާކީ 4.5 ބިލިއަން ރުފިޔާއަށް ވީގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޯވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާއަށް ވީ ގޮތާއި ކޮންބައެއްގެ އެކައުންޓްތަކަކަށްތޯ، އެ ފައިސާ ދިޔައީ ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ. ދައުލަތުން ވައްކަން ކޮށްފިކަމަށްވާނަމަ އެކަން ބެލޭނެ ޖާގަ މިއަދު އެބައޮތް، - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މި ސަރުކާރާ ހަވާލުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވާރުތަވީ ވަރަށް ދަތި ނުރައްކާތެރި އަދި އުނދަގޫ ހާލަތެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ ފައިސާގެ ގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ގައުމު އޮތް ހާލަތެއް ކަމަށާއި ދެންމެ ދެންމެ ގައުމު ބަނގްރޫޓްވެދާނެކަމުގެ ރަނގަބީލު ޖަހަމުން ދިޔައިރު އެ ހާލަތުން އަރައިގަތުމަށް ގޮންޖެހުންތަކެއް ހުރި ހާލަތެއް ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އޭރު ވެރިކަމުގައި އޮތް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރީ އެމްއެމްއޭގެ ބާރު ކަނޑުވާލުމަށްފަހު މާލީ ނިޒާމް އެފުށް މިފުށަށް ޖެހުމަށް ފަހުގައި ކަމަށެވެ. އެގޮތުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމަށްފަހު ފައިސާ ޗާޕުކުރި ކަމަށާ ވެރިކަން ނިންމާލީ ގައުމު އިގްތިސާދީ، މާލީ ބޮޑު އަނދަވަޅަކަށް ވައްޓާލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމު އޮތް އެ ނާޒުކު ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ހިކުމަތްތެރި މަސައްކަތްތަކަށް މިނިސްޓަރު ސައީދު ވަނީ ތައުރީފު ވެސް ކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319