logo

ބަޖެޓް 2025: ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ

profile

ޝާމާ ޝުޢައިބު - 31 އޮކްޓޯބަރު 2024 - 12:14

ސިވިލް ސާރވިސް ކޮންފަރެންސްގެ ތެރެއިން

ސިވިލް ސާރވިސް ކޮންފަރެންސްގެ ތެރެއިން

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް، އެއްހަމަ ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށެވެ.

ސިވިލް ސާވިސްގައި މި ވަގުތު 30،165 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ އަހަރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2022 ވަނަ އަހަރު ފެށި ޕޭ ހަރމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން، މިހާތަނަށް ވަނީ ޓީޗަރުންނާއި ލެކްޗަރާސް އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކޮށްފައެވެ. އެކަމާ ގުޅިގެން މިދިޔަ ޖޫން މަހު އޭރުގެ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުގެ 46 ޕަސެންޓު މީހުންގެ މުސާރަ އަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ހަރަދަށް 49.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ހިންގުމުގެ ހަރަދަށް 35.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ޚަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް 1 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި އެންމެ ޑެފިސިޓް ކުޑަ ބަޖެޓުވެސް މެ އެވެ. އެގޮތުން މި ބަޖެޓު ޑެފިސިޓްވާނެ ކަމަށް ސަރުކާރުން ލަފާކުރަނީ 9.4 ބިލިއަން ރުފިޔާއިން ނެވެ. މި ހިނގާ 2024 ވަނަ އަހަރުގެ ބަޖެޓު ވެސް 13.7 ބިލިއަނުން ޑެފިސިޓް ވެ އެވެ.

https://wamco.com.mv/
tel:+9607331319