logo

14 އެނދާއެކު ހުޅުމާލޭ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމުގެ ކެޕޭސިޓީ އިތުރުކުރަނީ

profile

ޝާމާ ޝުޢައިބު - 18 ނޮވެމްބަރު 2024 - 19:30

 ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކު އެގްރިމަންޓެއްގައި ސޮއިކުރުން:

ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކު އެގްރިމަންޓެއްގައި ސޮއިކުރުން:

14 އެނދާއެކު ހުޅުމާލޭ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމުގެ ކެޕޭސިޓީ އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާޏެއްގައި ބުނީ، ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކޮށް ޚިދުމަށް ފުޅާކުރުމަށްޓަކައި ސިވިލް ވޯކް އެންޑް އިންޓީރިއަރ ފިނިޝިންގް 60 ދުވަހުގެެތެރޭގައި ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކު އެގްރިމަންޓެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ޚިދުމަތް ފުޅާކޮށް، ވީހާވެސް ގިނަ ބަލި މީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީ އަދި ޖީއޯޕީޑީން ޚިދުމަތް ހޯދި ބަލި މީހުންގެ އަދަދު 250،000 އަށް ވުރެ ގިނަ ކަމަށެވެ.

މިޙާރު ހުޅުމާލެ ހޮސްޕިޓަލުގައި ހުރީ އެންމެ ހަތް އެނދުގެ އިމަރޖެންސީ ރޫމެކެވެ. ނަމަވެސް މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު ޖުމްލަ 14 އިމަރޖެންސީ އެނދު އަދި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަކުރެވިގެންދާ ރިސަސްއެއް ގާއިމް ކުރެވޭނެއެވެ.

މިކަމުގެ ސަބަބުން އިމަރޖެންސީ ޚީދުމަތުގެ ފެންވަރު މަތިވެ، އަވަސް އަދި ހަރުދަނާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ މި މަޝްރޫއު ފުރިހަމަ ވުމުން އެ ހޮސްޕިޓަލަށް ފުރިހަމަ އިމަރޖެންސީ ރޫމެއް ލިބި، މާލެ އަދި ހުޅުމާލެ ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ދިމާވާ ކުއްލި އެކްސިޑެންޓް އަދި އިމަރޖެންސީތަކުގައި ފުރިހަމަ ގޮތެއްގައި އަވަސްފަރުވާ ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކްރިޓިކަލް ކޭސްތަކަށް ފަރުވާ ދިނުމާ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަން ވެސް ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު މި މަޝްރޫއަކީ މުހިއްމު އަދި ބޭނުންތެރި މަޝްރޫއެއް ކަމަށް ވެސް ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319