logo

ހަކުރުބައްޔަށް ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހަރަކާތަށް

profile

ޒިދާން މުޙައްމަދު - 15 ނޮވެމްބަރު 2024 - 22:43

އެސްޓީއޯއިން ތައާރަފުކުރި ޑިވައިސް

ބައިނަލްއަޤްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ މެޑިކަލް ސާވިސަސް އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ކުރިޔައް އެބަގެންދެއެވެ.

މީގެ ތެރެއިން "އަކުއާ ފިޓްނެސް ފެސްޓް" ނަމުގައި އެކްޓިވް ބީޗް ހަރަކާތްތަކެއް މިއަދުވަނީ ހުޅުމާލޭގައި ކުރިޔައް ގެންގޮސްފައެވެ. މި އިވެންޓުގައި ހުޅުމާލޭގައި މަސައްކަތް ކުރާ ކޯޕަރޭޓް އޮފިސްތަކުގެ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

މި ފެސްޓްގެ މައިގަނޑު މަގްސަދަކީ އެކްޓިވް ލައިފްސްޓައިލް ޕްރޮމޯޓްކޮށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމެވެ. މިގޮތުން އެކި ޓީމްތަކަކަށް ބަހާލައިގެން މި ފެސްޓްގައި ބޭއްވުނު އެކްޓިވް ހަރަކާތްތައް ރާވާ ހިންގާފައިވަނީ އެމް އެން ޑީ އެފް ގެ ބެލުމުގެ ދަށުންނެވެ.

މި ފެސްޓްގައި އެސްޓީއޯއިން ވަނީ ޔޫސަރ ފްރެންޑްލީ އަދި ކޮލިޓީ ރަނގަޅު ހަކުރު މޮނިޓަރ ކުރާ ޑިވައިސްއެއް ތައާރަފްކޮށްފައެވެ. މި ޑިވައިސް އަކީ ގޭގައި ވެސް ބޭނުންކުރަން ފަސޭހަ، ސްމާޓް ޑިވައިސް އެކެވެ. މިގޮތުން މި ޑިވައިސް ސްމާޓް ފޯނާއި ކަނެކްޓް ކޮއްލުމަށްފަހު ހަކުރު މޮނިޓަރ ކުރުމުން އޮޓޯ އިން ހަކުރު ހުރިވަރު ފޯނުގައި ރައްކާކުރެވޭނެއެވެ.


މި ގޮތަށް ސްޓޯ ކުރެވޭ މައުލޫމަތުތަކަކީ އަމިއްލަ އަށް އަދި ޑަކްޓަރީ ފަރުވާ ހޯއްދަވާއިރު ހަކުރު މެނޭޖްކޮށް މޮނިޓަރ ކުރުމަށް ވަރަށް މުހިއްމު މައުލޫމާތުތަކެކެވެ. އެސްޓީއޯ އިން އަލަށް ތައާރަފް ކުރި މި ބްލަޑް ގްލޫކޯޒް މޮނިޓަރިން ޑިވައިސް އަކީ ކޮރެޔާގެ ބްރޭންޑެއް ކަމުގައިވާ އެސްޑީ ބަޔޯސެންސަރ ބްރޭންޑްގެ ޑިވައިސްއެކެވެ.

އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބައިނަލް އަގުވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ޕްރޮގްރާމްގެ ދަށުން 14 ނޮވެމްބަރ 2024 ގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގެ މުވައްޒަފުނަށްވެސް ހެލްތް ސްކްރީނިންގ ސެޝަންއެއް ވަނީ ކުރިޔައްގެންގޮސްފައެވެ. މި ސެޝަަންގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދެވިފައިވާ ހިދުމަތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ، ބީއެމްއައި، އަދި ހަކުރު ޗެކްކުރުމަށް ފަހު ހެލްތް ގައިޑެންސް ދިނުން ހިމެނެއެވެ.

މީގެ ތެރޭގައި ހަކުރު މެނޭޖް ކުރުމަށް ގެނެވިދާނެ ލައިފްސްޓައިލް ޗޭންޖެސް، ޑައިޓް ޕްލޭންސް، އެކްސަސައިޒް އަދި އިތުރު ބޭނުންތެރި މައުލޫމާތު ވަނީ ހިއްސާ ކުރެވިފައެވެ. މީގެ އިތުރުން ހަމަ މި ހެލްތް ސްކްރީނިން ސެޝަން އާންމުނަށް ހުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އާއްމުނަށް މި ސެޝަން ކުރިޔައް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހު މެންދުރު 13:30 އިން 15:30 އަށް ހުޅުމާލެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީ ކުރިމަތީގައެވެ.

މީގެ އިތުރުން ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެން ރާވާފައިވަނީ ޑައިބެޓިކް ޕޭޝެންޓުންނަށް ހާއްސަ ސެޝަންއެއް ބޭއްވުމަށެވެ. މި ސެޝަންގައި ޑައިބެޓިކް ޕޭޝަންޓުންނަށް ބޭނުންވާ މުހިއްމު ސިއްހީ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

https://int.etukuri.mv/
tel:+9607331319