
ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވި އުތީމު މަހާރަދުންގެ ޤައުމީ ޖިހާދު ޑިޖިޓަލް ޒަރިއާއިން ހުށަހަޅައިދިނުމަށް ބޭނުންވާ ސްކްރީންތައް ބަހާބެހޭ ވުޒާރާއަށް އެސްޓީއޯއިން ހަދިޔާ ކުރުން
އުތީމު މަހާރަދުންގެ ޤައުމީ ޖިހާދު ޑިޖިޓަލައިޒްކުރާ ސްކްރީންތައް ހަދިޔާ ކޮށްފި

ޝާމާ ޝުޢައިބު - 25 އޮކްޓޯބަރު 2024 - 14:14
ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވި އުތީމު މަހާރަދުންގެ ޤައުމީ ޖިހާދު ޑިޖިޓަލް ޒަރިއާއިން ހުށަހަޅައިދިނުމަށް ބޭނުންވާ ސްކްރީންތައް އެސްޓީއޯއިން ބަހާބެހޭ ވުޒާރާއަށް ހަދިޔާ ކޮށްފިއެވެ.
މިއީ މިހާރު މާލެގެނެވިފައިވާ ކަޅުއޮށްފުންމި އަލުން މަރާމަތުކޮށް ޒަމާނީ އާ ހަރުގެއާއެކު ހުޅުވާލުމަށް ބޭނުންވާ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަޅުއޮށްފުންމީގެ ހަރުގެ ބިނާކުރެވި އަލުން ހުޅުވައިލެވޭ އިރު، އުތީމު މަހާރަދުންގެ ޖިހާދުގެ މުޅި ވާހަކަ ކުރެހުންތަކާއެކު ފެންނަމުންދާނެކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ އެކަމަށްޓަކައި ކަމާބެހޭ ތާރީޚީ ހޯދުންތައް ހޯދައި ވާހަކައިގެ މަންޒަރުތައް ކުރެހުމުގެ މަސައްކަތް ވެސް ކަމާބެހޭ ޓީމަކާ ހަވާލުކުރެވިގެން ކުރިއަށް ދާ ކަމަށެެވެ.
ސްކްރީން ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ އުތީމު ޣާޒީ ބަންޑާރައިންގެ ކޮންމެ އަސަރަކީ ދިވެހިރާއްޖެ ދެމި އޮތްހައި ހިނދަކު ދިވެހީންގެ ހިތްތަކުގައި ބިންވަޅުނެގިފައި ހުންނާންވާނެ ފަޚްރުވެރި އަސަރެއް ކަމަށެވެ.
ރާއްޖެއަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން މި މަޝްރޫޢަށް އެންމެ އެކަށޭނަ ދުވެލި ލިބުމުގައި ދަތިތަކެއް ހުރިކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
ނަމަވެސް މަސައްކަތް ކުރިޔަށް ގޮސް އަލުން ހުޅުވައިލެވޭނީ ކަޅުއޮށްފުންމި ހަރުގެއަކީ ނުވަތަ ކަޅުއޮށްފުންމިއަކީ ވެސް ވަކިން ބަލައިލެވޭ އާސާރެއްގެ ގޮތުގައި ހިމެނިގެން ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި އެއާ އެކު ބޭރުގެ ފަރާތްތަކަށް ކަޅުއޮއްފުންމި ދައްކާލުމުގައި ދައުލަތަށް މާލީ މަންފާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރީ މީލާދުން 1558 ގައެވެ. އުތީމު ޣާޒީ ބަންޑާރައިންގެ ޖިހާދުން ރާއްޖެ މިނިވަންވީ 1573 ގައެވެ. ޕޯޗުގީޒުންގެ ބައެއް ބޮޑުބަޑިތައް މިހާރު ވެސް މާލޭ ދާރުލްއާސާރުގައި ބެހެއްޓިފައި އެބަ ހުއްޓެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން