
އެސްޓީއޯގެ އޭޖީއެމްގެ ތެރެއިން--- ފޮޓޯ: އެސްޓީއޯ
އެސްޓީއޯގެ ސާފު ފައިދާ 156 މިލިއަނަށް

ޝުރުފާ މުހައްމަދު - 30 އޮކްޓޯބަރު 2024 - 16:01
އެސްޓީއޯގެ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ސާފުފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި މައުލޫމާތުގައި ވާގޮތުން އެސްޓީއޯގެ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުމެވެ. އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 592 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 251 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯގެ ތަފާސްހިސާބުތަކުގައި ވެއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައި 12 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުވެފައިވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 156 މިލިއަން ރުފިޔާ ލިބިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އޮޕަރޭޝަން ރިވެލި ފަށައިފި
22 މިނިޓު ކުރިން

މިއަހަރުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް
23 މިނިޓު ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ހުސްކުރަން އެޗްޑީސީން މުއްދަތެއް ދީފި
ގަޑިއިރެއް ކުރިން


