
ޕީއެސްއައިޕީ ހަރަދުތައް 67 ޕަސެންޓަށް ދަށްވެއްޖެ

މުޙައްމަދު ފަޟްލޫން - 06 ޖުލައި 2025 - 05:46
ހުސްވި މަހުގެ ނިޔަލަަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 67 ޕަސެންޓް ދަށަށް ގޮސްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 4.8 ބިލިއަން ރުފިޔާއަށްވުރެ 3.2 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ.
ދައުލަތުގެ ބަޖެޓުގައި މި އަހަރު ޕީއެސްއައިޕީއަށް 12.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ބްރިޖު މަޝްރޫއަށް 165.5 މިލިއަން ރުފިޔާ ހޭދަކުރިއިރު ހާބަރު މަޝްރޫއުތަކަށް 110.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެއާޕޯޓް މަޝްރޫއުތަކަށް 540.5 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 226.4 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ފެނާއި ނަރުދަމާ މަޝްރޫއުތަކަށް ހޭދަކުރީ 49.8 މިލިއަން ރުފިޔާ އެވެ.
ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ އެކިއެކި މަޝްރޫއުތަކަށް 161.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެ ފިޔަވަޅުތަކަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން މަރުހަބާ ކިޔާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން