logo
ކްރިސްޓަލް ފެލަސްގެ ކުޅުންތެރިން އެފްއޭ ކޮމިއުނިޓީ ޝީލްޑާއެކު އުފާފާޅުކުރަނީ

ކްރިސްޓަލް ފެލަސްގެ ކުޅުންތެރިން އެފްއޭ ކޮމިއުނިޓީ ޝީލްޑާއެކު އުފާފާޅުކުރަނީ

ލިވަޕޫލް ބަލިކޮށް ޕެލަސް އިން އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

profile

ހަސަން ޝަމްއޫން - 10 އޯގަސްޓު 2025 - 19:47

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ފާއިތުވެދިޔަ ސީޒަނުގެ ލީގު ޗެންޕިއަން ލިވަޕޫލާއި އެފްއޭކަޕް ޗެންޕިއަން ކްރިސްޓަލް ޕެލަސް ވާދަކުރި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓަގައި ލިވަޕޫލް ބަލިކޮށް ޕެލަސް އިން ޝީލްޑް ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

ލަންޑަނުގެ ވެންބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ. މިލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމާއި އަލަށް ގުޅުނު ފުރާންސްގެ ފޯވާޑް ހޫގޯ އެކިޓިކޭ އެވެ.

ކްރިސްޓަލް ޕެލަސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖީން ފިލިޕޭ މަޓެޓާއެވެ. ނަމަވެސް އޭގެ ހަަތަރު މިނެޓު ފަހުން ލިވަޕޫލްގެ ޑިފެންޑަރު ޖެރަމީ ފްރިމްޕޮންގް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑުހޯދައިދީފައެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކްރިސްޓަލް ޕެލަސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވާޑް އިސްމައިލާ ސާރ އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓޯގައި ކްރިސްޓަލް ޕެލަސްގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ލިވަޕޫލްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ.

https://etukuri.mv/
https://www.aslu.com.mv