logo

ކޮލަމާފުށީ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 25 ޖޫން 2025 - 06:19

ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ އެވެ.

https://wamco.com.mv/

ކޮލަމާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ 81 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ކޮލަމާފުށީ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ.

ބިން ހިއްކުމުގެ %81 މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ މުޅި ޖުމްލަ މަސައްކަތުގެ %71 މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 823 މީޓަރުގެ ސަރަޙައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

https://wamco.com.mv/
https://www.aslu.com.mv