
ޝާހިދު ކަޕޫރު ބޮލީވުޑްގައި 20 އަހަރު!

ޢާއިޝަތު ޢަލީ - 04 ޖޫން 2023 - 14:36
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ޝާހިދު ކަޕޫރު މިދިޔަ މަހު އިންޑަސްޓްރީގައި 20 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
ޝާހިދުގެ އަންހެނުން މީރާ ރާޖްޕޫތު ވަނީ އެކަމުގެ އުފަލުގައި ޕާޓީއެއްވެސް ބާއްވައި، ރަމޭޝް ސޫރާނީ އާއި ކެން ޣޯޝްއަށް ދައުވަތު ދީފައިވެއެވެ. ކެން ޣޯޝް އަކީ އިޝްގް ވިޝްކްގެ ޑައިރެކްޓަރެވެ. ޝާހިދު ފުރަތަމަ ފަހަރަށް ފެނިގެން ދިޔައީ 2003 ވަނަ އަހަރު، ފިލްމު "އިޝްގް ވިޝްކް" އިންނެވެ. މި ފިލްމުގައި އަމްރިތާ ރާއޯ، ޝެނާޒް ޓްރެޝަރީވާލާ، އަދި ވިޝާލް މަލްހޯތުރާ ވެސް މުހިއްމު ރޯލުތަކަކުން ފެނިގެން ގޮސްފައިވެއެވެ. އެ ފިލްމުގައި ޝާހިދު ދެއްކި އެކްޓިންއަށް ތައުރީފު ލިބުނެވެ. އޭގެ ފަހުން އޭނާ ފަހަތަށް ބަލާލުމެއް ނެތެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާގެ ޑެބިއު އާއި ބޮލީވުޑްގައި އޭނާގެ ދަތުރުގެ ވާހަކަ ހިއްސާކޮށްފައިއެވެ.
އެގޮތުން ރަމޭޝް ސުރާނީ ވަނީ 2 އަހަރާއި ބައި ޝާހިދުގެ ޑެބިއު ނުކޮށް މަޑުކޮށްފައިކަމަށާއި އެއީ ޝާހިދު އުމުރުން ވަރަށް ޅަ ވީމަކަމަށް އޭނާ ބުނިކަމަށް ޝާހިދު އިންޓަވިއުގައި ބުނެފައިވެއެވެ. އަދި މިހާރު އެކަން އެގޮތަށް އެވީ ވަރަށް ރަނގަޅަށް ކަމަށް ޝާހިދު ދެކޭ ކަމަށާއި އޭރު އޭނާ އާއި އެއް އުމުރެއްގެ ބަތަލާއިން ވަރަށް މަދު ކަމަށާއި އޭރު އެކަހަލަ ފިލްމް ސްކްރިޕްޓް ނުލިޔާކަމަށްވެސް އެކްޓަރ ބުނެފައިވެއެވެ.
ޝާހިދު ކަޕޫރު މިހާރު އަވަދިނެތި އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބްލަޑީ ޑެޑީ" ޕްރޮމޯޓް ކުރުމުގައެވެ. ބްލަޑީ ޑެޑީ ރިލީޒްކުރާނީ ޖޫން މަހުގެ 9 ވަނަ ދުވަހު ޖިއޯ ސިނަމާއިންނެވެ. ދެން އޭނާ ފެނިގެންދާނީ ކްރިތީ ސަނޯންއާއެކު، އަލީ އައްބާސް ޒަފަރުގެ ޑައިރެކްޓްކުރާ ފިލްމަކުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
9 ގަޑިއިރު ކުރިން

އައ.ިއ.ޯޓ.ީސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު
9 ގަޑިއިރު ކުރިން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)