
--
ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި

އައިޝަތު ޔާނިއާ - 23 މޭ 2023 - 05:38
ޔަހޫދީ އިސްރާޢީލުގެ ސިފައިން ހިންގި އުދުވާންތަކެއްގައި ދަންވަރުގެ ވަގުތެއްގައި ހުޅަނގު އައްސޭރީގެ ނާބުލުސްއަށް އަރައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށް އިތުރު ހަތް މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައި ވާގޮތުގައި މި ހަމަލާގައި ޝަހީދު ކޮށްލާފައި ވަނީ އުމުރުން 24 އަހަރުގެ ޢަބްދުالله އަބޫ ޙަމްދާނާއި، 30 އަހަރުގެ ފާތީ އަބޫ ރިޒްކުގެ އިތުރުން 32 އަހަރުގެ މުޙައްމަދު އަބޫ ޒައިޠޫނެވެ.
ޔަހޫދީ ސިފައިން ހިންގި އުދުވާންތަކުގައި ޒަޚަމުކޮށްލާފައިވާ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑަށް ވަނީ ވަޒަން އަރާފައެވެ. އަދި އެ މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ކަރުނަ ގޭހުގެ އަސަރުކޮށްގެން ފަރުވާދޭން ޖެހިފައެވެ.
ބަލާތާ ރެފިއުޖީ ކޭމްޕަށް ދަންވަރު 1 ޖެހިއިރު އެރި ޔަހޫދީ ޓެރެރިސްޓު ސިފައިން އެ ތަނުން ފައިބާފައި ވަނީ ފަތިހު 5 ޖެހި ފަހުންނެވެ. ހުޅަނގު އައްސޭރީގައި އޮންނަ މި ކޭމްޕަކީ 24 ހެކްޓަރުގެ ސަރަޙައްދެއްގައި ހަދާފައިވާ އެންމެ ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕެވެ.
މި އަހަރުގެ މިހާތަނަށް ޔަހޫދީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ 156 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
13 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
14 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
14 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)