logo
ރާއްޖެއަށް މޫސުން ގޯސްވުން

ރާއްޖެއަށް މޫސުން ގޯސްވުން

މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރުގެ ހަތް އަތޮޅަކަށް ހުދު ސަމާލު ނެރެފި

profile

ޔޫޝައު ހަސަން - 26 ޑިސެމްބަރު 2022 - 17:52

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

https://wamco.com.mv/

އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދަށެވެ. އެއީ މިރޭ8:00 ން މެންދަމު2:00 ށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމުގައެވެ.

އުތުރުގެ މޫސުން ގޯސްވެފައިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެ ކޮޅިގަނޑު އިއްޔެ ސްރީލަންކާއަށް އަރާފައިވާއިރު މިހާރު ދަތުރު ކުރަމުން ދަނީ އަރަބި ކަނޑާއި ދިމާއަށެވެ.

މެޓުން ބުނީ އެ ކޮޅިގަނޑުގެ އަސަރު މިރެއާއި މާދަމާ އުތުރުގެ އަތޮޅުތަކަށް ކުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk