logo
މާލެއަށް ވާރޭ ވެހެނީި: ފޮޓޯ ނިޝާން ޢަލީ

މާލެއަށް ވާރޭ ވެހެނީި: ފޮޓޯ ނިޝާން ޢަލީ

މުޅި ރާއްޖެއަށް ވައިޓް އެލާޓް!

profile

އަހުމަދު ޒަލީފު - 24 ޖެނުއަރީ 2023 - 15:24

ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓްގެ މުއްދަތު އިތުރުކޮށްފިއެވެ.

https://wamco.com.mv/

މުޅި ރާއްޖެއަށް ނެރުނު ވައިޓް އެލާޓްގެ މުއްދަތު މިރޭ ދަންވަރު 00:00 އަށް އިތުރުކޮށްފައިވާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި އެލާޓުގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލަށްވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މުޅިން އަލިވާން ފަށާނީ މީގެ ދެ ދުވަސް ފަހުން ކަމަށް ގައުމޫ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވަނީ ހާމަކޮށްފައެވެ.

މިއަދު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި މާދަމާ ވިއްސާރަ ވާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި މާދަމާ ވިއްސާރަ ވާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުން ދަނީ ލިބެމުންނެވެ. އެގޮތުން ށ.ފޯކައިދޫގެ ބައެއް ގެތަކަށް ފެން ވައްދާ، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

މިކަމާއި ގުޅޭގޮތުން "އަސްލު" ނޫހަށް މަޢުލޫމާތު ދެމުން އެރަށު ކައުންސިލުން ބުނީ، ރަށުގެ އެންމެ އުތުރުގެ ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށާއި، ރޭ ދަންވަރު 12:00 އިން ފެށިގެން ފަތިހާއި ހަމައަށް ހުއްޓާނުލާ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay