logo
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގއ އިން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

profile

ޔޫޝައު ހަސަން - 24 ޑިސެމްބަރު 2022 - 14:22

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައިބާރުވެ ކަނޑުތައް ގަދަވެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް ގއ އިން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރިއްޖެއެވެ.

https://wamco.com.mv/

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިކަން އަންގައި ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ މިރޭ 19:15 މިރޭ ދަންވަރު 2:00 އާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމުގައެވެ.

އަދި މިދުވަސްވަރު ކަނޑުތައް ގަދަވާނެކަމުގައިވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ދަތުރަށް ފެށުމުގެ ކުރިން ދަތުރުމަތީގެ ސަލާމަތަށް ބޭނުންވާ ކަންކަން ފުރިހަވެފައި ހުރިތޯ ޔަޤީން ކުރުން މުހިންމެވެ.

އެކި އެކި ދުވަސްވަރު ރާއްޖެއަށް ކުރާ ވިއްސާރައިގައި ކަނޑުމަތީގެ ހިތާމާވެރި ހާދިސާތައް މީގެ ކުރިންވެސް ދިމާވެފައިހުރިކަން ފާހަގަކޮށްލެވެއެވެ.

https://etukuri.mv/
https://www.aslu.com.mv