
މާލޭ ނެރުން ދޯންޏެއް ވަންނަނީ-
މޫސުން ގޯސްވެ 10 އަތޮޅަކަށް ހުދު ސަމާލު!

އަހުމަދު ޒަލީފު - 08 ޖެނުއަރީ 2023 - 06:59
މޫސުން ގޯސްވުމުގެ ސަބަބުން 10 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
ކުރިއަތް އޮތް 24 ގަޑިއިރު މޫސުން ލަފާކުރޭގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް މެޓް އިން ބުނެ އެވެ.
އަދު އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ސަމާލު ނެރެފައިވަނީ؛
- ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 6:00 އިން މެންދުރު 12:00 އަށް.
މޫސުމަށް ބަލައިގެން ދަތުރު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.