logo
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތަކުން ކުދި ވިޔަފާރިތަކަށް ޔުނިޓުތައް ދޫކުރަނީ

profile

ޔޫޝައު ހަސަން - 15 ފެބްރުއަރީ 2023 - 07:25

ވިނަރެސް ފްލެޓްތަކުން ކުދި ވިޔަފާރިތަކަށް ކޮމާޝަލް ޔުނިޓް ދޫކުރަން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

ކުދި ވިޔަފާރިތަކުން ރީޓެއިލް ފިހާރަތައް ހުޅުވުމަށް އެޗްޑީސީން އިއުލާންކޮށްފައި ވަނީ ވިނަރެސް ފްލެޓްތަކުގެ ތިން ޓަވަރަކުންނެވެ.

އެގޮތުން ވީ2، ވީ5 އަދި ވީ7ގެ ފުރަތަމަ ފަންގިފިލާއިން ޔުނިޓު ދޫކުރަން އިއުލާންކޮށްފައިވާއިރު، ވީ7ގެ ގްރައުންޑް ފަންގިފިލާއިން ވެސް ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. މި ގޮތުން އެ އިއުލަނުގައި ވަނީ ވީ2-01-02: 892 އަކަފޫޓު، ވީ5-01-02: 596 އަކަފޫޓު، ވީ7-01-01: 755 އަކަފޫޓު، ވީ7-ޖީ-07: 295 އަކަފޫޓު ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ހުޅުވާލައިފައެވެ.

މި ޔުނިޓުތަކަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ މާޗް މަހުގެ ހަތް ވަނަ ދުވަހުގެ 11:00 އާއި ހަމައަށް ހުޅުވާލައިފައެވެ. މި ޔުނިޓުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 5،000ރ. އެވެ. ނުވަތަ 5،000ރ. އަށްވާ އެމެރިކާ ޑޮލަރެވެ.

ކުދި ވިޔަފާރިތަކަށް ވިނަރެސް ފްލެޓްތަކުން ދޫކުރާ މި ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ، ފުރަތަމަ އަހަރަށް ކޮންމެ މަހަކު އަކަފޫޓަކަށް 20ރ. ގެ ރޭޓުންނެވެ. ފުރަތަމަ އަހަރަށްފަހު ފަސް ވަނަ އަހަރާ ހަމައަށް ކުލީގެ އަގު ކަނޑައެޅުމުގެ ފުރުސަތު ކުއްޔަށް ނަގާ ފަރާތަށް ލިބިގެންވާއިރު، އެންމެ ދަށް އަގަކީ ކޮންމެ މަހަކު އަކަފޫޓަކަށް 20ރ. ގެ ރޭޓެވެ.

ވިނަރެސް ފްލެޓްތަކުން ކޮމާޝަލް ޔުނިޓު ދޫކުރަން ހުޅުވާލާފައިވާއިރު، އެ ފްލެޓްތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.

https://etukuri.mv/
https://www.aslu.com.mv