
ދިރާގު ޓީވީގެ އިޝްތިހާރެއް
ދިރާގު ޓީވީގެ ލައިސަންސް އައު ކޮށްނުދިން މައްސަލަތައް އަނބުރާ ގެންގޮސްފި

ޔޫޝައު ހަސަން - 27 ޖެނުއަރީ 2023 - 08:40
ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި މައްސަލައާ ގުޅިގެން ދިރާގުން ދައުވާ ކުރި މައްސަލަތައް އަނބުރާ ގެންގޮސްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން ދިރާގު ޓީވީގެ ރީ ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް މައްސަލައެއް އަދި ހައިކޯޓަށް ދުސްތޫރީ މައްސަލަ އެއް ހުށަހެޅިއެވެ. އެހެންނަމަވެސް ދިރާގުންވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފައެވެ.
ސިވިލް ކޯޓުންވަނީ އެ ކޯޓުގައި އޮތް ދިރާގު ޓީވީގެ މައްސަލަ އެ ޓީވީގެ އެދުމުގެ މަތިން މި ހަފްތާގައި ބާތިލުކޮށްފައެވެ. ހަމަ އެޔާއެކު ދިރާގުން އެދިގެން ހައިކޯޓުގައި އޮތް މައްސަލަ ބާތިލު ކުރީ މިދިޔަ ހަފްތާގައެވެ.
ސިވިލް ކޯޓުގައި އޮތް މައްސަލަ ދިރާގުން އަނބުރާ ގެންދިޔައިރު، އެ މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފައެވެ. އެކަމަކު މައްސަލަ އަނބުރާ ގެންދިއުމާ އެކު، އެ އަމުރު ނިމުމަކަށް އަންނާނެއެވެ. ދިރާގުން ފަހުން ވަނީ މިމަހުގެ 29 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ނިންމައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން