
ރައުދުގެ ބަންދަަށް 5 ދުވަސް ޖަހައިފި

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2025 - 12:39
އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދުނީ އޭނާ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދޭތީއެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓުން ރައުދުގެ ބަންދަށް މިއަދު 5 ދުވަސް ދީފައިވާ ކަމަށެވެ.
ފުލުހުން ކޯޓު އަމުރަކަށް އެދުނީ އިމާރާތުން ވެއްޓުނު އަންހެން ކުއްޖާ ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީއެވެ.
މީގެ އިތުރުން ކިންސީ ގުޅުން ހިންގުމާއި މަސްތުވާ ތަކެތި ބޭނުންކޮށް މަސްތުގެ ހާލަތުގައި ރައުދު އާއި އިމާރާތުން ވެއްޓުނު އަންހެން ކުއްޖާ އުޅެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިމާރާތުން އަންހެން ކުއްޖާ ވެއްޓުނު މައްސަލަ އާއި ގުޅިގެން 8 މީހެއްގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މި މައްސަަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން