
ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ޑޮކްޓަރުންގެ ހިއްސާ ވަރަށް މުހިންމު: ހެލްތު މިނިސްޓަރު

އާމިނަތު މޫސާ - 18 އޭޕްރީލު 2025 - 08:20
ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ޑޮކްޓަރުންގެ ހިއްސާ ވަރަށް މުހިންމު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު ނާޒިމް އެފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ޑޮކްޓަރުންގެ ދުވަހަކީ ސިއްހީ ނިޒާމު ކުރިއެރުމަށް މާޒީއާއި މިހާރުގެ ޑޮކްޓަރުން ކުރައްވާ މަސައްކަތް އަގުވަޒަންކުރުމުގެ ދުވަހެއް ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތާއި ޒަމާނީ ކުރިއެރުންތަކާއެކު ޑޮކްޓަރުން ހިދުމަތް ކުރައްވާއިރު، ޑޮކްޓަރުން ކުރައްވާ މަސައްކަތަކީ ގައުމުގެ ކުރިއެރުމަށް މުހިންމު ހިދުމަތެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިހާރު ޒަމާނީ ވަސީލަތްތަކާއި ޒަމާނީ ކުރިއެރުންތަކާއެކު ޑޮކްޓަރުން ހިދުމަތް ކުރައްވާއިރު، އެއީ ގައުމުގެ ކުރިއެރުމަށް މުހިންމު ހިދުމަތުމަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޑޮކްޓަރުން ކުރަމުންދާ މަސައްކަތަކީ ފަސްޖެހުމެއް ނެތި ހިތްވަރާއެކުކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވަނީ ޑޮކްޓަރުން ގައުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
ބައިނަލްއަގުވާމީ ދިވެހި ޑޮކްޓަރުންގެ ދުވަހަކީ 18 އޭޕްރިލްއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން