
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 9 ގައި

ޝުރުފާ މުހައްމަދު - 21 ފެބްރުއަރީ 2025 - 18:54
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރްސްގަ އެވެ.
ރަމަޟާން މަހާ ދިމާވާ މި ޖަލްސާގައި ބައިވެރިވެވެނީ 50 ހިއްސާދާރުންނަށެވެ. ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށާއި، މާޗް 7 ގެ ކުރިން އެކަން އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޮންލައިންކޮށް ބައިވެރިނުވާ ނަމަ، އެ ކުންފުނީގެ ހެޑްކުއާޓާސް އަށް ގޮސް ރަޖިސްޓަރ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އޮންނަނީ7 މާރިޗު ވާ ހުކުރު ދުވަހުގެ ރޭ 9:30 އާ ހަމައަށެވެ. އަދި މި ޖަލްސާގައި ބައިވެރިވެވޭނީ 18 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަަށް އުރީދޫގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލުޓީވީގެ އަަހަރީ ބޮޑުއިނާމް: ސްކޫޕީ ސައިކަލެއް !
މަހެއް ކުރިން

ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް އިތާފުށި
7 މަސް ކުރިން

އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ފުރަތަމަ 2 ނަސީބުވެރިން ހޮވައިފި
އަހަރެއް ކުރިން

ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ އުރީދޫގެ ޕްރޮމޯޝަން ނިންމާލައިފި
އަހަރެއް ކުރިން


.gif&w=3840&q=75)