logo

އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ފުރަތަމަ 2 ނަސީބުވެރިން ހޮވައިފި

profile

މުޙައްމަދު ހަފީޒް - 02 ފެބްރުއަރީ 2025 - 07:50

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

https://wamco.com.mv/

އުރީދޫ އިން ބުނީ މިއީ ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭގޮތަށް ބާއްވާ ހާއްސަ ލަކީ ޑްރޯއެއް ކަމަށެވެ. މި ލަކީ ޑްރޯގައި ފުރަތަމަ ދެ ނަސީބުވެރިން ހޮވިފައިވާ ކަމަށް އުރީދޫ އިން ބުނެއެވެެ. އަދި ކުރިއަށްވެސް ގިނަ އިނާމުތަކެއް ކަނޑައެޅިފައިވާ ކަމަށްވެސް އުރީދުއިން ވަނީ މައުލޫމާތު ދެއެވެ.

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ހަމައެކަނި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް އެކްޓިވޭޓް ކޮށްގެންނެވެ. ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް، ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގޯލްޑަން ފުޓްސަލް ރަނުގޭ ފުރުސަތު ލަކީ ޑްރޯގައި ކޮންމެ ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ:
• ސްމާޓް ޓީވީއެއް
• ރެފްރިޖަރޭޓަރެއް
• ސޯފާ ސެޓެއް
• މައިކްރޯވޭވް އަވަން
• ސްރީލަންކާއަށް ދެ ރިޓާން ޓިކެޓް

ގޯލްޑަން ފުޓްސަލް ޗެލެންޖް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މެޗުތައް ކުރިއަށްދާއިރު، ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި ޚިދުމަތް ދިނުމަށް ސްޓާފުން ހަރަކާތްތެރިވަމުންދާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay