logo
ޕޭޕަލްގެ ޙިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އުރީދޫ މޯލްޑިވްސް

ޕޭޕަލްގެ ޙިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އުރީދޫ މޯލްޑިވްސް

ރާއްޖެއަށް ޕޭޕަލް ތައާރަފް ކޮށްފި! ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް!

profile

ރިޟްވާން މޫސާ - 16 ޖޫން 2026 - 07:57

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްވެގެން ދިއުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕޭޕަލްގެ ޚިދުމަތް ލިބޭނީ އުރީދޫގެ އެމްފައިސާ މެދުވެރިކޮށެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

ބީސީސީއިން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން އުރީދޫ އެމް- ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތައާރަފްވެގެންދިއުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި، އަމިއްލަ އުފެއްދުންތެރިންނަށާއި އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ފަސޭހަކަމާއެކު ފުރުސަތު ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަމަށެވެ.

undefined

މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަސްޓަމަރުންގެ އަތުން ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެ، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި މާކެޓްކުރުމުގެ މަގު ފަހިވެގެންދާނެކަމަށެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބި ގައުމެކެވެ. ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

undefined
ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. ޕޭޕަލްގެ ޙިދުމަތާއެކު ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށްގެން، އޭގެއިން އާމްދަނީ ހޯދުމަށް ވަރަށް ފަހި ފުރުސަތެއް ހުޅުވިގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk