
އަސްލުޓީވީގެ އަަހަރީ ބޮޑުއިނާމް: ސްކޫޕީ ސައިކަލެއް !

މުޙައްމަދު ފަޟްލޫން - 25 ޖެނުއަރީ 2026 - 14:09
އަސްލުޓީވީގެ 2 ވަނަ އަަހަރީދުވަހާއި ގުޅިގެން އަހަރީ ބޮޑު އިނާމްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
25 ޖެނުއަރީ 2026 އިން 25 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ މީހަކަަށްވެސް ބައިވެރިވެ އިނާމް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަހަރީ ބޮޑު އިނާމްގެ ނަމުގައި މިއަދު ފެށި ކުއިޒްގައި ގެނެސްދޭ ސުވާލުގެ ޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސްކޫޕީ ކަލަބް 12 ބްރޭންޑްގެ ސައިކަލެއް ލިބިގެންދާނެއެވެ.
އަސްލު ޓީވީ ބޮޑު އިނާމު ކުއިޒްގައި ބައިވެރިވާ ފަރާތްތަކުން ޖަވާބު އެސްއެމްއެސް ކުރާނީ A B C (ހުސްތަންކޮޅެއް) 4422 އަށެވެ.
އަސްލު ޓީވީގެ އަހަރީ ބޮޑު އިނާމްގެ ކޮންމެ ހަފްތާއެއްގެ ސުވާލު ވެސް އެހަފްތާއެއްގެ އާދިއްތަ ދުވަހަކު އަސްލުޓީވީ އާއި އަސްލުޓީވީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދޭނެއެވެ.
ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން ސުވާލަށް ޖަވާބު އެސްއެމްއެސް ކުރެވޭނެއެވެ.
ދިިރާގާއި އުރީދޫގެ ކަސްޓަމަރުންނަށްވެސް އަސްލުޓީވީގެ އަހަރީ ބޮޑު އިނާމްގައި ބައިވެރިވެ ސުވާލަށް ޖަވާބު ދެވޭނެއެވެ.
ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޖަވާބު ދިމާކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަަކަށް އަސްލު ޓީވީގެ ބޮޑު އިނާމްގެ ގޮތުގައި ކަނޑައަޅާފައިވާ ސްކޫޕީ ކްލަބް 12 ގެ ސައިކަލު ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭން ހިމަބިހީގެ އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު ނުވައަކަށް!
43 މިނިޓު ކުރިން

މާލެ ސަރަހައްދުން މިމަހުގެ މިހާތަނަށް ހިމަބިހީގެ 6 ކޭސް ފެނިއްޖެ
3 ގަޑިއިރު ކުރިން

އީދު ނަމާދު ގަޑީގައި ބަސް ދަތުރު ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

އިސްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާނުން މަރާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)