
1 ލައްކަ ރުފިޔާގެ ބޮޑު އިނާމު ހޯދުމުގެ ފުރުސަތާއެކު އުރީދޫގެ "ކަރާ ފެޅުން"

ރިޟްވާން މޫސާ - 20 މާރިޗު 2026 - 06:56
އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، 'ކަރާ ފެޅުން' ކުރިއަށްގެންދާ މުއްދަތު އިތުރުކޮށްފިއެވެ.
ކަރާ ފެޅުމުގެ ގޭމުގެ މުއްދަތު މިހާރު ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ
އުރީދޫން ބުނީ މުއްދަތު އިތުރު ކޮށްފައި ވަނީ އާންމުންގެ މެދުގައި ކަރާ ފެޅުމަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ ކަމަށެވެ.
މި ބަދަލާއެކު، 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އުރީދޫން ބުންޏެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެއް ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި 100,000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ ދެ ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު އެކުލެވިގެންވާނެ ކަމަށެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން' އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރަމަޟާން މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެއެވެ.
ހަމައެއާއެކު ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވ.ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ: ފުލުހުން
4 ގަޑިއިރު ކުރިން

ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ވ.ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ހޯދަނީ
11 ގަޑިއިރު ކުރިން

އިސްރާއީލުގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީއަކަށް އީރާނުގެ މިސައިލް ޙަމަލާއެއް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)