logo

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރުބޮޑުވެއްޖެ!

profile

ރިޟްވާން މޫސާ - 24 މޭ 2026 - 08:14

ޢީދު ބަންދާއި ދިމާކޮށް އާންމު ޝެޑިއުލްގެ ބޭރުން 200އަށް ވުރެ ގިނަ ފްލައިޓު މޯލްޑިވިއަން އިތުރުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެއެވެ.

https://wamco.com.mv/

ޢީދު ބަންދާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ.

'ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ޢީދު ބަނދަށް ޓިކެޓު ލިބުމު ދަތިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ޢީދު ބަނދާއި ދިމާކޮށް ދަތުރުކުރުތައް އިތުރުވުމަކީ ކޮންމެ އަހަރަކުވެސް ފެންނަ ކަމެއް ކަމަށެވެ. އެހެން ކަމުން މިކަމަށް އެއަރލައިންތަކުން ދުރާލާ ތައްޔާރުވާކަމަށް ވިދާޅުވިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަން އާ ހަވާލާ ދެއްވާ އިސް ތަރުޖަމާނު ވިދާޅުވީ މި ދުވަސްވަރަކީ އެތެރޭގެ އުދުހުންތަކަށް އެންމެ ލޯޑު ބޮޑުވާ ދުވަސްވަރު ކަމަށެވެ. މި ކަމަށް ދުރާލާ މޯލްޑިވިއަންއިން ތައްޔާރުވެ ފްލައިޓުގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދަޅުވީ ޢީދު ބަނދުގެ ދަތުރުގެ މުއްދަތު ކަމަށް ބަލައި 17މޭ އިން ފެށިގެން ޖޫން 2 ވަނަ ދުވަހާއި ހަމައަށް، ޖުމްލަ 1277 ފްލައިޓް މޫވްމެންޓް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޝެޑިއުލްކޮށް އާންމު ތަވާލުގެ ތެރެއިން ކުރާ ދަތުރުކުރާ 1014 ފްލައިޓާއި ޝެޑިއުލް ބޭރުން މި ދުވަސްވަރަށް ޚާއްސަކޮށް ދަތުރުކުރާ 213 ފްލައިޓު ހިމެނޭ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. އިސް ތަރުޖަމާނު ވިދާޅުވީ މޯލްޑިވިއަންއިން މި ޚިދުމަތް ދެމުން އަންނަނީ ވިޔަފާރި އުސޫލަށް ވުރެ ބޮޑަށް އާންމު ޚިދުމަތެއް ގޮތުގައި ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk