
ރަޝިޔާ އިން ޔޫކްރެއިން އަށް ވަރުގަދަ ހަމަލާތަކެއް ދީފި

ރިޟްވާން މޫސާ - 24 މޭ 2026 - 17:18
ޔޫކްރޭނުގެ ވެރިރަށް ކިއޭވަށް ރަޝިޔާއިން ސަތޭކައަށް ވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ.
މި ޙަމަލާތަކުގައި މިހާތަނަށް ހަތަރު މީހުން މަރުވެ، 80އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޔޫކްރޭނުގެ ކަމާގުޅޭ އިދާރާތަކުން ހާމަކޮށްފައިވެ އެވެ. އަދި އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށް ވެސް ބޮޑެތި ގެލުންތައް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔޫކްރޭނުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، ރަޝިޔާއިން ވަނީ 90 މިސައިލާއި 600 ޑްރޯން ޙަމަލާ ޔޫކްރެއިންގެ ކިއޭވަށް އަމާޒުކޮށްފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ވަނީ މީގެ ގާތްގަނޑަކަށް ހަތަރު ވަރަކަށް ކުރިން ފަށައިގެން ކުރަމުންގެންދާ ހަނގުރާމަ އެކެވެ. ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށި ފަހުން، ކިއޭވަށް އަމާޒުކޮށް ރަޝިޔާއިން ދިން އެންމެ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ގޮތުގައި ޔޫކްރޭނުގެ އަސްކަރިއްޔާއިން ވަނީ ސިފަކޮށްފައެވެ.
އެތައް ގަޑިއިރަކަށް ދިގުދެމިގެންދިޔަ ވައިގެ ޙަމަލާތަކުގައި އޮރެޝްނިކް ހައިޕަރ ސޮނިކް މިސައިލެއް ވެސް ވަނީ ބޭނުންކޮށްފައެވެ.
ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާއިން މަސައްކަތް ކޮށްފައިވަނީ ކިއޭވްގެ ފެން ސަޕްލައި ކުރާ ވިއުގަތަކަށް ގެއްލުން ދިނުމަށެވެ. ނަމަވެސް، ރަޝިޔާއިން ބުނެފައިވާ ގޮތުގައި، މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ޔޫކްރޭނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށެވެ.
މިއީ ފެބްރުއަރީ 2022ގައި، ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން އޮރެޝްނިކް މިސައިލް ބޭނުންކުރި ތިންވަނަ ފަހަރު ކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރުބޮޑުވެއްޖެ!
10 ގަޑިއިރު ކުރިން

ނިލަންދޫ އަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: ކައުންސިލް ރައީސް
10 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި!
10 ގަޑިއިރު ކުރިން

580 ޖާގައިގެ ޕާކިންއެއް ބޮޑުތަކުރުފާނު މަގުގައި ހަދަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)