
ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު
ނިލަންދޫ އަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: ކައުންސިލް ރައީސް

ރިޟްވާން މޫސާ - 24 މޭ 2026 - 08:13
ފ.ނިލަންދޫ އަށް ބޭނުންވާ ތަރައްގީ ގެނެސް ދިނުމުގައި މި ސަރުކާރާއެކު ސާބިތު ކަންމަތީގައި ހުރި ކަމަށާއި، އެކަމުގައި އެންމެ އިންޗިއެއްވެސް ދޫ ނުދެއްވާނެ ކަމަށް ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ ފ. ނިލަންދޫގެ ތަރައްގީގެ އެކި އެކި މަޝްރޫއުތަކާއި ގުޅޭ ގޮތުން "އަސްލު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ކައުންސިލުން ނިލަންދޫގެ އަސާސީ އެކި އެކި ކަންކަމަށް ރައްޔިތުން ބޭނުންވާ މަސައްކަތްތަައް ފޯރުކޮށްދެއްވަމުން އަންނަ ކަމަށެވެ.
ނިލަންދޫގެ ތަރައްގީގެ ތެރެއިން އެެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި މިވަގުތު ކުރިއަށްދަނީ ނިލަންދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތްކަން ފާހަގަ ކުރައްވަމުން އަލީ ވިދާޅުވީ މި މަސައްކަތް ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށާއި، އެއާޕޯޓަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބިން ހިއްކައި ނިމިފައިވާ ކަމަށެވެ.
އަލީ ވިދާޅުވީ އެއާޕޯޓު އެޅުމުގެ މަސައްކަތުގެ ކުލަވަރު މިހާރު ފެންނަން ފަށާފައިވާ ކަމަށާއި، ހިއްކި ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު އެއާޕޯޓުގެ ރަންވޭ ހެދުމުގެ މަސައްކަތް ވެސް މިވަގުތު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ނިލަންދޫގައި ހުރެގެން ޕާސްޕޯޓު ގެ ޙިދުމަތް ލިބޭނެ އިންތިޒާމު މިވަގުތު ހަމަޖެހިފައިވާއިރު ނިލަންދޫގައި ފުލުހުންގެ އާ މަރުކަޒެއްގެ ބިންގާ އަޅައި އެމަސައްކަތް ވަަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ނިލަންދޫގައި ފިއުލް ސްޓޯރޭޖެއްގެ މަސައްކަތް ފަށައި މިވަގުތު ރައްޔިތުންނަށް ޙިދުމަތްދޭން ފަށާފައިވާ ކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ ނިލަންދޫގައި ކުނި މެނޭޖުކުރތުމުގެ މަސައްކަތް ވެމްކޯ އާއި ހަވާލުކުރެވި އެމަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ނިލަންދޫގެ ތަރައްގީއަށް ކައުންސިލުން ކޮށްދެއްވަމުން އަންނަ މަސައްކަތައް ނިލަންދޫގެ ރައްޔިތުންނާއި ޖެހިގެން އޮތް ދ. އަތޮޅުގެ ރައްޔިތުން ވެސް ބަލައިގަންނަމުންދާކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ ނިލަންދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައި މި މަސައްކަތް ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަމެއް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
ނިލަންދޫގެ ތަރައްގީއަށް ގިނަ ކަންކަން ހުރިކަން ކައުންސިލުން ފާހަގަކުރައްވާއިރު އެރަށުގެ ދެ ސަރަހައްދެއްގައި މިވަގުތު ލަފާފުރުމަށް ދެ ބަނދަރު ހުރެ އެވެ. މީގެ އިތުރުން މަސް ފެކްޓްރީ އާއި އައިސް ޕްލާންޓުގެ ޙިދުމަތުގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ގޮތްޕެއްވެސް ނިލަންދޫގައި ގާއިމުކޮށްފައިވެ އެވެ. އަދި ޓްރާންސްޕޯޓުން ފޯރުކޮށްދެމުން އަންނަ ޙިދުމަތްތަކުގެ ތެރެއިން ލައިސެންސް ކާޑު ނިލަންދޫ އިން ލިބޭނެ އިންތިޒާމް ވެސް މިވަގުތު ހަމަޖެހިފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރަޝިޔާ އިން ޔޫކްރެއިން އަށް ވަރުގަދަ ހަމަލާތަކެއް ދީފި
ގަޑިއިރެއް ކުރިން

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރުބޮޑުވެއްޖެ!
10 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި!
10 ގަޑިއިރު ކުރިން

580 ޖާގައިގެ ޕާކިންއެއް ބޮޑުތަކުރުފާނު މަގުގައި ހަދަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)