
ރައިސިނާ ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޚަލީލް ބައިވެރިވެވަޑައިގެންފި

އައިޝަތު އިނާޝާ - 17 މާރިޗު 2025 - 18:45
އިންޑިއާގައި ކުރިއަށްދާ ރައިސީނާ ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ރައިސީނާ ޑައިލޮގް އިފްތިތާހު ކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މި ހަފްލާގައި އެކި ޤައުމުތަކުގެ މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޚަލީލް އިންޑިއާއަށް ވަޑައިގަތީ އިއްޔެ ހެނދުނެވެ. މިނިސްޓަރަށް ދިއްލީ އިން މަރުހަބާ ދަންނަވާފައިވަނީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްގެ އިސް އޮފިޝަލުންނެވެ.
މި އަހަރުގެ ރައިސިނާގެ ޗީފްގެސްޓްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން އެވެ.
މިނިސްޓަރ ޚަލީލް، މި އަހަރުގެ މި ޑައިލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިންގް" ގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރުގެ އިތުރުން ރައިސީނާ ޑައިލޮގްއަށް ވަޑައިގަންނަވާ އެހެނިހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.
މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން