
މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް އިންޒާރު ނެރެފި

އަހުމަދު ޒަލީފު - 31 ޑިސެމްބަރު 2023 - 10:46
ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އިންޒާރު ނެރެފިއެވެ. އޮރެންޖް އިންޒާރު ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން އދ.އަތޮޅަށެވެ.
މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރެފައިވަނީ 15:15 އިން ފެށިގެން 17:30 އަށެވެ. އޮރެންޖު އިންޒާރު ނެރެނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ނުވަތަ ފެންބޮޑުވާނެ ކަމަށް ލަފާކުރެވުމުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އޮރެންޖު އިންޒާރު ނެރުމަށް ނިންމަނީ ގަޑި އިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހުމުން ނުވަތަ ވެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. އޮރެންޖް އިންޒާރަކީ ދެވަނައަށް އެންމެ ނުރައްކާ އިންޒާރެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން