logo

ޕީއެންސީގެ އާ ޖަގަހަ މިރޭ ހުޅުވަނީ

profile

އަހުމަދު ޒަލީފު - 22 ޖޫން 2024 - 13:33

ޕީއެންސީގެ އާ ޖަގަހަ ރައީސް ޑރ މުޢިއްޒު ބައްލަވާލައްވަނީ

ޕީއެންސީގެ އާ ޖަގަހަ ރައީސް ޑރ މުޢިއްޒު ބައްލަވާލައްވަނީ

ވެރިކަން ކުރާ މައިޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ޖަގަހަ މިރޭ ހުޅުވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ އާ ޖަހަގަ ހުޅުވަނީ މީގެ ކުރިން ދަ ޑިމޮކްރެޓްސްގެ މައި ޖަގަހަ އަދި އޭގެ ކުރިން އެމްޑީޕީގެ ޖަގަހަ ހިންގި އިމާރާތުގައެެވެ.

ޕީއެންސީން ބުނީ ޖަގަހަ ހުޅުވުމަށް ބާއްވާ ޖަލްސާ 22 ޖޫން ވަނަ ދުވަހުގެ ރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތި، ހ. ވެޔޮވިލާގައި ބާއްވާނެ ކަމަށެވެ.

ޖަގަހަ ހުޅުއްވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޕީއެންސީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކަމަށް އެޕާޓީން ވިދާޅުވެއެވެ.

އެ ދެ ބޭފުޅުން ވަނީ މިއަދުގެ ވަގުތެއްގައި ޖަގަހަ ތައްޔާރު ކުރަމުންދާ ތަނަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

އެމްޑީޕީގެ ކުރީގެ ހަރުގޭގެ ގޮތުން ހިންގަަމުން ގޮސް، ފަހުން "ދަ ޑިމޮކްރެޓްސް"ގެ ހަރުގެ ހިންގަމުން އައި އިމާރާތް ހުސްކޮށްފައިވަނީ އެތަނުގެ ވެރިފަރާތް އަންގައިގެންނެވެ.

https://wamco.com.mv/
tel:+9607331319