logo

ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވަން: ރައީސް ޑރ. މުޢިއްޒު

profile

ޒިދާން މުޙައްމަދު - 01 ސެޕްޓެމްބަރު 2024 - 12:53

ރައީސް ދަނީ އިގްތިސާދީ އިސްލާހީ ބަދަލުތަކެއް ގެންނަމުން

ރައީސް ދަނީ އިގްތިސާދީ އިސްލާހީ ބަދަލުތަކެއް ގެންނަމުން

ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވާ ކަމަށް ދިވެހި ފުލުހުންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މުއައްސާސާއެއްގައި ގޮތުގައި ގާއިމުކުރިތާ 20 އަހަރުފުރުމުގެ މުނާސަބާގައި ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ރައީސް ވަނީ ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވާ ކަމަށް ވިދާޅުވެ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ހިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެގެންދިޔައެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ހިދުމަތް ފޯރުކޮށްދެމެންނެވެ.

ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ޖަލްސާ މިއަދުވަނީ ބާއްވާފައެވެ.

އަދި ދުވަހާ ގުޅުވައިގެން ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ވަނީ މާލެ އާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި ބާއްވާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތަކީ ސަލާމަތީ ބާރުތަކުގެ ތެރެއިން ގައުމުގެ އަމަން ބެލެހެއްޓުމުގެ އެންމެ އިސް ވާޖިބު އަދާކުރާ ފަރާތެވެ.


https://wamco.com.mv/
tel:+9607331319