ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ މި ނިންމުން ނިންމާފައި ވަނީ ވާރލްޑް ހެލްތު އެސެމްބްލީގައެވެ.
އދ.ގެ އާންމު މަޖިލީހުގައި ޑަބްލިއްއެޗްއޯގެ ފުރިހަމަ މެންބަރުކަން ދިނުމާއި ގުޅޭ ގަރާރު ފާސްކޮށްފައިވަނީ 101 މެމްބަރުންގެ ވޯޓުންނެވެ. އެކަމާއި ދެކޮޅަށް ފަސް ގައުމަކުން ވޯޓުދިން އިރު، 21 ގައުމަކުން އެއްވެސް ކޮޅަކަަށް ވޯޓު ދީފައެއް ނުވެއެވެ.
މި ނިންމުމާއި ގުޅިގެން މަރުހަބާ ދަންނަވާ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އެސެބްލީގައި ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބޭ ގޮތަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.
މި ގަރާރަށް ތާއިދުކޮށް، ޑަބްލިއުއެޗްއޯގައި ފަލަސްތީނުގެ ހަައްގުތައް އިތުރު ކުރަން ވޯޓު ދިން 101 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެެވެ.
"މި ގަރާރަށް އަޅުގަނޑުމެން ތާއިދު ކުރަން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި ގޮތް ހައްގަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއިދު ކުރާތީ، މިއީ ދެމެހެއްޓެނިވި ސުލްހައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،". ރައީސް ވިދާޅުވިއެވެ.
މި ނިންމުމާއި ގުޅިގެން މި އެސެމްބްލީގައި ބައިވެރިވެވަޑައިގަންވަމުން ގެންދަވާ ރާއްޖޭގެ ސިއްހީ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވީ، މި ތާރީީ ނިނިންމުމާއެކު، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ބަޖެޓް ލިބުމާއި ވޯޓުލުމުގެ ހައްގު ހިމެނޭ ކަަމަށް ވަޒީރު ވިދާޅުވިއެވެ.
ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅޭ ގޮތުން ވާދަވެރި ހަތަރު އިސްލާހެއް ހިމެނޭ ގޮތަށް ތަފާތު ދެ ގަރާރަކަށް 10 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން އެ އެސެމްބްލީގައި ބަހުސްކޮށްފައި ވެއެވެ.
އެގޮތުން، ރަޝިއާ، ޗައިނާ، އަލްޖީރިއާ، ކިއުބާ، އިރާން، މިސްރުގެ ތާއީދާއެކު ހުށަހެޅި ގަރާރެއްގައި ވަނީ އިސްރާއީލުން އެއްވެސް ރަހުމެއް ނެތި ޣައްޒާގެ ސިއްހީ ހިދުމަތްދޭ ތަންތަން ސުންނާފަތިކޮށްލުން ކުށްވެރި ކުރާ ކަމަށެވެ. އެހެންނަމަވެސް، ފާސްވި ގަރާރުގައި އިސްރާއީލުގެ 121 ރަހީނުން މިނިވަންކުރަން ވެސް ގޮވާލިއެވެ.