logo

އެމްޑީއެން އުވާލަން ނިންމި ނިންމުން ބަދަލުކުރަން ގޮވާލައިފި

profile

އާމިނަތު ޝަފާ - 07 އޯގަސްޓު 2024 - 17:15

ޝަހިންދާ އިސްމާއިލް/ އެމްޑީއެންގެ ފައުންޑަރ މެމްބަރެއް

ޝަހިންދާ އިސްމާއިލް/ އެމްޑީއެންގެ ފައުންޑަރ މެމްބަރެއް

އިސްލާމްދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓުތަކެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމި ނިންމުން ބަދަލުކުރުމަށް އދގެ ހިއުމަން ރައިޓްސް ކޮމިޓީން ގޮވާލައިފިއެވެ.

އެ ކޮމިޓީން މިފަދައިން ގޮވާލާފައިވަނީ ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާގެ ދަށުން ރާއްޖެއިން ހުށަހެޅި ރިޕޯޓު ދިރާސާކުރުމަށްފަހު ނެރުނު ރިވިއުގައެވެ.

މި ރިވިއުގައި އެ ކޮމިޓީންވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރުދެއްކުމުގެ އަމަލުތައް ހިނގާކަން ފާހަގަކޮށްފައެވެ.

އެމްޑީއެން އުވާލީ އިންސާފުވެރިކޮށް ނޫންކަމަށާއި ޖަމިއްޔާ އުވާލަން ނިންމި ނިންމުން ބަދަލުކޮށް ހިފަހައްޓާފައިވާ އެ ޖަމިއްޔާގެ ފައިސާތައްވެސް ދޫކޮށްލުމަށް ގޮވާލާފައި ވެއެވެ.

ދިވެހި ސަރުކާރުން އެމްޑީއެން އުވާލީ އެ ޖަމިއްޔާ އިން އދ.އަށް ހުށަހެޅި ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

އެމްޑީއެން އުވާލީ 2023 ވަނަ އަހަރުގެ މާޗްމަުގެ 28 ވަނަ ދުވަހުއެވެ.

އެފަހުން ، އެ ޖަމިއްޔާ އުވާލި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ޖަމިއްޔާގެ އެއް ފައުންޑަރު ޝަހިންދާ އިސްމާއިލެވެ. ނަމަވެސް ކޯޓުން ނިންމީ ޖަމިއްޔާ އުވާލީ ރަނގަޅަށް ކަމަށެވެ.

އެމްޑީއޭ އުވާލިނަމަވެސް އެ ޖަމިއްޔާގެ އިސް ސަފުގައި ހަރަކާތްތެރިވީ އެއްވެސް މީހަކަށް މިހާތަނަކަށް ފިޔަވަޅު އަޅާފައެއްނުވެއެވެ.

tel:+9607331319