
—
މަސްވެރިއެއްގެ ލޮލަށް ބުޅިއެއްހެރިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އިސްމާއިލް ފާރިޝް - 18 އޭޕްރީލު 2023 - 15:21
މަސްވެރިއެއްގެ ލޮލަށް ބުޅިއެއްހެރިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން މިއަދު ބުަނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އާއިލާ ދޯނި" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސްފަރުވާ ދިނުމަށް، ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދ.ކުޑަހުވަދޫގެ ހުޅަނގު ދެކުނުން 22 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރު 11:34 ހާއިރުއެވެ.
މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާބަރ ކްރާފްޓުގައި ބަލިމީހާ ވަނީ މިއަދު 13:14 ހާއިރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން