
އިމިގްރޭޝަންގެ އޮފިސަރުންތަކެއް
ހަަށިވިއްކަނިކޮށް ހައްޔަރު ކުރި ދެ އަންހެނުން ޑީޕޯޓްކޮށްލަނީ

އަހުމަދު ޒަލީފު - 27 ފެބްރުއަރީ 2023 - 08:51
ހަށިވިއްކި މައްސަލައިގައި ހައްޔަރު ކުރި ދެ އަންހެނުން ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީގެ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި 4 މީހުންގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެން މީހާ ވަނީ ދޫކޮށްލާފައެވެ.
ހަށިވިއްކަމުން ދަނިކޮށް ގެސްޓްހައުސް އަކުން ބަޔަކު ހައްޔަރު މިކުރީ މާލޭގައި މަސާޖް ކުރާ ތަންތަނުގެ ނަމުގައި ހިންގާ ސްޕާތަކުގައި ވެސް ހަށިވިއްކުން އިންތިހާއަށް އާއްމުވެފައިވާ ކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރަމުން އަންނަނިކޮށެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ބިދޭސީން ޑިޕޯޓްކޮށްލަން ފުލުހުން އިމިގްރޭޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން