ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް އިސްލާމީ މަރުކަޒުގައި އައު ކާޕެޓް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ފަށައިފިއެވެ.
ެއިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް އިސްލާމީ މަރުކަޒުގައި ހުރި ނެވިލޯންތައް ނަގައި އެ މިސްކިތުގައި އައު ކާޕެޓު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުުރުކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި އެއިރު އަޅާފައިވާ ކާޕެޓު ނަގައި ނެވިލޯން އެޅިއެވެ.
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފެށުން.
މީގެ އިތުރުން މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި، މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުން. pic.twitter.com/VGzEymMqeL
— Ministry of Islamic Affairs (@MVIaffairs) March 19, 2023 " target="_blank"
އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ނުވަނީ އޭރުގެ ހާލަތަށްރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދިނުމުންނެވެ.
ރަމަޞާން މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލަމީ މަރުކަތު ސާފުކޮށް އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.