logo

ވެސްޓްހަމް އިން އާސަނަލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި!

profile

އަހުމަދު ލައްމާހު އަޒީޒު - 16 އޭޕްރީލު 2023 - 20:04

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް އާ އާސެނަލް ކުޅުނު މެޗު 2-2 އިން އެއްވަރުވެ އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އައިސްފި އެވެ.

https://wamco.com.mv/

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގެ 7 މިނިޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ގެބްރިއަލް ޖީސަސް އެވެ. އަދި 10 ވަނަ މިނިޓުގައި ލީޑު ފުޅާކުރީ ގޯލް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.

ފުރަތަމަ ހާފުގައި ވެސްޓް ހަމް ގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 33 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ބެންރަހްމާ އެވެ. މިއީ ޑިފެންޑަރު ގެބްރިއެލް ވެސްޓް ހޭމްގެ ކުޅުންތެރިއަކަށް ކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ވެސްޓްހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ދެވަަނަ ހާފުގެ 55 ވަނަ މިނެޓުގައި ބޮވެން ކާމިޔާބުކޮށްދިން ގޯލުންނެވެ.

އެގޮތުން މިރޭގެ މެޗާއެކު އާސެނަލް އޮތީ ކުޅުނު 31 މެޗުން ލިބުނު 74 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައެވެ. އެގޮތުން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 30 މެޗު ކުޅެގެން 70 ޕޮއިންޓް ލިބިފައެވެ.

މިރޭގެ މެޗާއެކު ވެސްޓްހަމް އޮތީ ކުޅުނު 30 މެޗުން ލިބުނު 31 ޕޮއިންޓާއެކު ތާވަލުގެ 15 ވަނާގައެވެ،

https://wamco.com.mv/
https://eportal.mwsc.com.mv/e-pay