logo

ރައީސުލްޖުމްހޫރިއްޔާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 16 ސެޕްޓެމްބަރު 2025 - 14:27

ރައީސުލްޖުމްހޫރިއްޔާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

މުޙައްމަދު ޝަފީޤް މަޙްމޫދު އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމަށް ޝަފީގް އައްޔަނުކުރެވުނީ މަޖިލީހުން އޭނާއަށް ރުހުން ދިނުމާއި ގުޅިގެންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް ޝަފީގް އައްޔަނު ކުރަން ފެންނަ ކަމަށް 67 މެމްބަރުން ވަނީ ވޯޓް ދީފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގައި 5 މެމްބަރުން ތިއްބަވައެވެ.

https://etukuri.mv/
https://www.aslu.com.mv